ސިކުނޑީގައި އެނބުރޭ ޚިޔާލުތައް ގިނަވެއްޖެ ނަމަ އެ ޚިޔާލުތައް ކަރުދާސްގަނޑެއްގައި ލިޔެލާށެވެ. މި ގޮތަށް ކަންތައް ކުރުމުން ބޭކާރު ޚިޔާލުތަކާއި މުހިއްމުކަން ކުޑަ ޓާސްކްތަކާ މެދު އުފެދިފައިވާ ނުތަނަވަސްކަން ބޭރުކޮށްލެވޭނެ އެވެ. އަދި އިސްކަން ދޭން ޖެހޭ ބޮޑެތި ޓާސްކްތަކަށް ވިސްނުމާއި ހަކަތަ ހުސްކުރުމަށް ޖާގަ ލިބިގެން ދާނެ އެވެ.
ފަތިސް ނަމާދަށް ފަހު ހެނދުނުގެ ޒިކުރުތައް ޢަސްރު ނުވަތަ މަޣްރިބް ފަހު ހަވީރުގެ ޒިކުރުތައް ކިޔާށެވެ. ހެނދުނާއި ހަވީރުގެ ޒިކުރުތަކުގައި ދުވަހުގެ ވަގުތުުތަކުގައި ބަރަކާތް ލެއްވުން އެދި ދުޢާ ކުރުން ހިމެނިގެންވޭ އެއް ވަގުތެއްގައި ދެ ކަން ކުރަން ނޫޅޭށެވެ.
ފުންކޮށް ނޭވާލުން، ކަސްރަތު ކުރުން، ކީރިތި ޤުރްއާން ކިޔެވުން ނުވަތަ އަޑު އެހުން ފަދަ ސިކުނޑި ތާޒާ ކުރުވާ މީހާ ހީވާގިކޮށްދޭ ކަންކަން ކުރާށެވެ .ވަރަށް ގިނަ މީހުންނަށް ޤުރުއާން ކިޔަވާލަން ވަގުތުކޮޅެއް ނުދެވެނީ ދިރިއުޅުމުގެ ކަންކަން ބުރަކަމުންނެވެ. ހަނދާންކުރާށެވެ. އެ ބުރަކަން ފިލުވައިލަ ދޭނެ ބަރަކާތް ޤުރުއާނުގައިވެ އެވެ.
ފޯކަސް ގެއްލުވައިލާ އެންމެހާ ކަމަކުން އެއްކިބާވެގެން ނިންމަން ޖެހޭ ޓާސްކްތަައް ނިންމަން އިށީންނާށެވެ.
ސިކުނޑި މަސައްކަތް ކުރަން ފަށަނީ އެންމެ ފަހު ވަގުތު. ކަމެއް ނިންމަންޖެހޭ ސުންގަޑި އަކީ މާދަމާ ހެނދުނު 7 ވިއްޔާ އެރޭ އެކަން ފަށާ މީހުން ގުނާ ޢަދަދު ނުކުރެވޭނެ އެވެ.
މަސްދަރު: އިލްމު.އެމްވީ