Last Updated: June 20, 11:01
Saturday, June 20, 2026
ޚަބަރު

މޫސުން ގޯސް، ބޮޑު ބަޔަކަށް ވައިޓް އެލާޓް

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް، މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ޅ .އަތޮޅުން ގދ. އަތޮޅާއި ހަމައަށެވެ. މި އެލާޓް ނެރެފައިވަނީ ހެނދުނު 11:00 އާއި ހަމައަށެވެ.

މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މި ވަގުތުތަކުގައި ގަޑިއަކު 19-24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ. އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ވަނީ މޫސުން ގޯސްވެފަ އެވެ.