އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ގެނެސްފި އެވެ.
އެ ކުންފުނިން ބުނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުތަކާ އެއްގޮތަށް، އެމްޓީސީސީއަށް ހަވާލުކޮށްފައިވާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ބަލްކު ޝިޕްމަންޓް މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އެ ޝިޕްމަންޓުގައި ހިމެނެނީ 56،450 ޓަނުގެ ބޮޑުހިލަ އެވެ.
އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢުތައް ނިންމުމަށް ބޭނުންވާ 2.5 މިލިޔަން ޓަނުގެ ބޮޑު ހިލަ މިއަހަރު ނިމުމުގެ ކުރިންރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެ ކުންފުނިން ކުރިން ބުނެފައިވެ އެވެ އަދި މި ޝިޕްމަންޓް ގެނެސް، އެ ކުންފުންޏާ ހަވާލުކުރެވިފައިވާ މަޝްރޫޢުތައް އަވަހަށް ނިންމަން ވަރަށް ބޮޑު އިސްކަނެއް ދޭނެ ކަމަށް ބުނެފައިވެ އެވެ.
އެމްޓީސީސީން ބުނީ ބޮޑިހިލަ ޝިޕްމަންޓްގެ ތެރެއިނ ބ. މާޅޮހުގެ ބަނދަރު ތަަރައްގީ ރުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ވެސް އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ބ، ރ، އަދި ޅ އަތޮޅުގެ އެހެނިހެން މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލައިގެ ޝިޕްމަންޓް އެ އަތޮޅޫތަކަށް ފޮނުވަން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ބޮޑުހިލައިގެ ތާށިކަމާ ހެދި މި ފަހުން އެމްޓީސީސީގެ ބައެއް ޕްރޮޖެކްޓްތައް މަޑުޖެހިފައިވެ އެވެ.