Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

އަންހެން ކުދިންނަށް ވެސް ހަމަހަމަ ފުރުސަތު ހައްގު

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އަންހެން ކުދިންނަށް، ހަމަހަމަ ފުރުޞަތުތައް ހޯދައި ދިނުމަާއި އެކުދިންގެ އަޑު އަހައި، އިހުތިރާމު ކުރަން ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ގޮވާލައްވައިފި އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ އަންހެންކުދިންގެ ދުވަހުގެ މުނާސަބަތުގައި، އެކަމާ އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެން ކުދިން ދައްކުވައި ދެމުން އަންނަ ހިތްވަރާއި ތޫނުފިލިކަމާއި އޯގާތެރިކަމަކީ އެ ކުދިންނަކީ މުޖުތަމަޢުތަކުގައި އީޖާދީ ވިސްނުމާއެކު އިސްނަގައިގެން ހަރަކާތްތެރިވާ، އަދި މުސީބާތުގެ ވަގުތުތަކުގައި ވެސް ގަދައަޅައި މަސައްކަތްކުރާ، ވިލުންތެރިކަން އޭގެ ހަޤީޤީ މާނައިގައި ދައްކުވައިދޭ ބައެއްކަން ދައްކުވައި ދޭ ކަމެއް ކަމަށެވެ.

ސާޖިދާ ވިދާޚުވީ އަންހެން ކުދިން ތަޢުލީމު ހާސިލުކޮށްގެން މާނަ ހުރި ގޮތެއްގައި މުޖުތަމަޢުތަކަށް ޚިދުމަތް ކުރެވޭނެ ފަދަ މާޙައުލުތަކެއް ބިނާކުރުމަށް އެންމެހާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމަކީ ވެސް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.