Last Updated: June 8, 15:03
Monday, June 8, 2026
މުނިފޫހިފިލުވުން

ބަތަލާ ޑަޔަން ކީޓަން މަރުވެއްޖެ

އޮސްކާ އެވޯޑް ވެސް ހާސިލުކޮށްފައިވާ ހޮލީވުޑްގެ ތަޖުރިބާކާރު މަޝްހޫރު ބަތަލާ ޑަޔަން ކީޓަން މަރުވެއްޖެ އެވެ.

މިޑިއާތަކުން ބުނީ 79 ގެ އަހަރު ބަތަލާ މަރުވީ އޭނަގެ އުފަން ސިޓީ ކަމަށް އެމެރިކާގެ ކެލިފޯނިއާގެ ލޮސް އެންޖެލިސްގައި ކަމަށެވެ. ނަމަވެސް ޑަޔަންގެ މަރާ ގުޅޭ އިތުރު ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

އެކަމަކު މި ފަހުން އޭނަގެ ސިއްހީ ހާލަތު އެހާ ރަނގަޅު ނޫން ކަމަށްވެ އެވެ.

ޑަޔަން އަށް އެންމެ މޮޅު ބަތަލާގެ އޮސްކާ އެވޯޑް ލިބުނީ 1977 ގެ ރޮމޭންޓިކް ކޮމެޑީ "އެނީ ހޯލް" އިންނެވެ. އޭނަ އަކީ "ގޯޑްފާދާސް" ގެ ތިން ފިލްމުގައި ކޭ އެޑަމްސްގެ ރޯލު ވެސް ކުޅުނު ބަތަލާއެވެ.

ކާމިޔާބު ކެރިއަރުގައި ގިނަ އަދަދެއްގެ ފިލްމުތަކުގެ އިތުރުން ޓީވީ އުފެއްދުންތަކުގައި ވެސް ޑަޔަން މަސައްކަތްކޮށްފައިވެ އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ކޮމެޑީ "ސަމާ ކޭމްޕް" އެވެ.

ދެ ކުދިން ތިބި ޑަޔަން އަކީ ގޯލްޑެން ގްލޯބް އެވޯޑާއި ބަފްޓާ އެވޯޑް ވެސް ލިބިފައިވާ ބަތަލާއެކެވެ.