Last Updated: June 6, 20:36
Saturday, June 6, 2026
ޚަބަރު

މާލޭގައި މާރާމާރީތަކެއް ހިންގި ބަޔަކު ހައްޔަރުކޮށްފި

މާލޭގައި މާރާމާރީތަކެއް ހިންގި ބަޔަކު ހައްޔަރުކޮށްފި އެވެ.

ހަ މީހަކު ހައްޔަކުރި އިރު، އޭގެ ތެރޭގައި ހިމެނެނީ ހަތަރު މީހަކު ބައިވެރިވާ މާރާމާރީއަކާއި ދެ މީހަކު ބައިވެރިވާ މާރާމާރީއެކެވެ.

އެގޮތުން މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފައި ވަނީ ގއ. މާމެންދޫ، މޯރާ، ޠާއިފް ރަފީޤު، 26، އާއި ގދ. ރަތަފަންދޫ، ސަންރައިސް، އަމްސަލް ޢަބްދުﷲ، 25، އާއި ލ. ގަން، ތުނޑި ރޯސްބަޑް، އަޙްމަދު ނީޒާދު، 29، އާއި ތިނަދޫ ގުލްބަކާގޭ، ޢަބްދުﷲ އިސްރާޤް، 19، އާއިތ. ގާދިއްފުށި، މުސްތަރީގެ، ޝަމާލް ޙުސައިން، 22، ގެ އިތުރުން ލ. މާމެންދޫ، މުރިނގު، ރަޖުވާން ލަޠީފް، 24، އެވެ.

މި މީހުންގެ ތެރެއިން ޝަމާލް އާއި ރަޖުވާން ހައްޔަރުކޮށްފައިވަނީ މި މަހުގެ 7 ވަނަ ދުވަހުގެ 18:10 އެހައިކަންހާ އިރު، ސައިކަލެއްގައި ގޮސް، ބޮޑުތަކުރުފާނު މަގު ފޯސްޓު އޮފީސް ކައިރީ ހުރި މީހަކާ މެދު މާރާމާރީ ހިންގާފައިވާ މައްސަލައާ ގުޅިގެންނެވެ.

އެ ދެ މީހުންގެ ބަންދަށް ވެސް ކޯޓުން 15 ދުވަސް ޖަހާފައިވެ އެވެ.

އަނެއް ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 4 ވަނަ ދުވަހުގެ 20:30 އެހައިކަންހާއިރު ގުރޫޕު ހަދާފައި ސައިކަލެއްގައި ގޮސް، މއ. ރީނދޫމާގެ ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަތީގައި އިން މީހަކަށް ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގާފައިވާ މައްސަލައާ ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ހަތަރު މީހުން ވެސް ބަންދުކޮށްފައިވެ އެވެ.