Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ވިއްސާރައިގައި މީދޫ ގެއެއްގެ ފުރާޅު އެއްލާލައިފި

މިހާރު ކުރަމުން އަންނަ ވިއްސާރައިގައި އައްޑޫ މީދޫ ގެއެއްގެ ފުރާޅު ވަޔާ އެއްލާލުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެ ހާދިސާގެ މަޢުލޫމާތު ލިބުނީ މިއަދު ހެނދުނު 09:13 ހާއިރު އެވެ.

އެމްއެންޑީއެފުން ބުނީ އެ މައުލޫމާތުި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް ފުރާޅު ވަޔާ އެއްލާލި މީދޫ ރޯޒްވިލާގޭގެ ފުރާޅު ހެދުމުގައި އެހީތެރިކަން ފޯރުކޮށް ދީފައިވާ ކަމަށެވެ.

އެ ސައްކަތް ނިންމައިލެވުނީ ހެނދުނު 10:09 ހާއިރުއެވެ.

ފުރާޅު އެއްލާލި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.