މިރުސް ހައްދަން މަޝްހޫރު ރ. ކަނޑޫދޫގެ ދަނޑުވެރިންނާ އެގްރިކަލްޗަ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ބައްދަލު ކުރައްވައިފި އެވެ.
މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި، އެ ރަށުގެ ދަނޑުވެރިންގެ ކަންބޮޑުވުންތައް މިނިސްޓަރާ ހިއްސާކޮށްފައިވާ ކަމަށެވެ.
ކަނޑޫދު އަކީ މިރުހުގެ ވިޔަފާރީގައި ޚާއްސަ ރަށަކަށްވާ އިރު މިރުސް ހެއްދުމުގައި ރަނގަޅު ގޮތްތައް ދަސްކުރުމަށް ބޭނުންވާ ތަމްރީންތައް، ރަށުގެ ދަނޑުވެރިންނަށް ފޯރުކޮށް ދިނުމާ ގުޅޭ ގޮތުން ބައްދަލުވުމުގައި ހިޔާލު ބަދަލުކޮށްފައިވެ އެވެ.
ކަނޑޫދޫގެ ދަނޑުވެރިންގެ އުފެއްދުންތަކަށް އެކަށީގެންވާ އަގު ލިބޭނެ ރަނގަޅު މާކެޓެއް ހޯދުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.