Last Updated: June 6, 20:36
Saturday, June 6, 2026
ޚަބަރު

ޓޫރިސްޓުންގެ އަދަދު 1.7 މިލިއަނަށް

އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަަދަދު 1.7 މިލިއަނަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ޓޫރިސްޓް އެރައިވަލްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 11 ގެ ނިޔަލަށް ރާއްޖެއަށް 1,701,785 ޓޫރިސްޓުން އައިސްފައިވެ އެވެ.

މިދިޔަ އަހަަރުގެ މި މުއްދަތުގައި ރާއްޖެ އައީ 1,546,319 ޓޫރިސްޓުންނެވެ.

މި މަހުގެ ފުރަތަމަ 11 ދުވަހުގެ ތެރޭގައި ރާއްޖެ އަށް 65296 އައިސްފައިވެ އެވެ

މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޗައިނާއިންނެވެ. އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު މިހާރު 279690 އަށް އަރަ އެވެ.

ގަދަ ފަހެއްގައި ދެން ހިމެނެނީ ރަޝިއާ (208،329 ޓޫރިސްޓުން)، އިނގިރޭސިވިލާތް (149،424 ޓޫރިސްޓުން)، ޖަރުމަން (120،922 ޓޫރިސްޓުން) އަދި އިޓަލީ (106،230 ޓޫރިސްޓުން) އެވެ.

ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.