Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

އެގްރިކަލްޗަ މިނިސްޓްރީން ކުރެހުމުގެ މުބާރާތެއް

ގައުމީ ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތެކެތީގެ ދުވަހާއި އަދި ދުނިޔޭގެ ޖަނަވާރުންގެ ދުވަހުގެ ޝިއާރާ ގުޅުވައިގެން އެގްރިކަލްޗަ މިނިސްޓްރީން ކުރެހުމުގެ މުބާރާތަކަށް ހުޅުވާލައިފި އެވެ.

މި މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ތިން އުމުރުފުރައަކަށެވެ. އެއީ 5-13 އަހަރާއި ދެމެދު، 14-19 އަހަރާއި ދެމެދު އަދި 20 އަހަރުންމައްޗެވެ.

ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޝިޔާރަކީ "ރަނގަޅު ކާނާ އާއި ފަހި ކުރިމަގަކަށް އެންމެން އަތުގުޅާލަމާ" އެވެ. އަދި ޕޯސްޓަރު ކުރަހަން ވާނީ އެ ޝިއާރަށް އަމާޒުކޮށެވެ.

ޖަނަވާރުންގެ ދުވަހުގެ ޝިއާރަ އަކީ "ޖަނަވާރުން ރައްކާތެރިކޮށް، ދުނިޔެ ސަލާމަތްކުރަމާ" އެވެ. އެހެންވެ ޕޯސްޓަރުތައް ކުރަހަން ވާނީ އެ ޝިއާރާ ގުޅުވައިގެންނެވެ.

މިނިސްޓްރީން ބުނީ ދެ ދާއިރާ އިން ވެސް ކޮންމެ ބައިވެރިއަކަށް ހުށަހެޅޭނީ ކޮންމެ ތީމްއަކުން އެންމެ ކުރެހުމެއް ކަމަށެވެ.

މުބާރާތަށް ކުރެހުންތައް ހުށަހެޅޭނީ މި މަހުގެ 16 އާ ހަމައަށެވެ.