Last Updated: June 6, 20:36
Saturday, June 6, 2026
ޚަބަރު

އައްޑޫ ފުޓްބޯޅް ޗެމްޕިއަންޝިޕަށް ހުޅުވާލައިފި

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން މި އަހަރު ބާއްވާ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

ކައުންސިލުން ބުނީ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 21 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ހިތަދޫގައި އޮންނަ އައްޑޫ ސްޓޭޑިއަމްގައި މެޗްތައް ކުޅެން ހަމަޖެހިފައިވާ މި މުބާރާތް ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15 ގަ އެވެ. މުބާރާތާ ބެހޭ އިތުރު މައުލޫމާތު ކައުންސިލް އިދާރާގެ ސޯޝަލް އެފެއާޒް ޔުނިޓްގެ ވައިބަ ނަންބަރު 7925003 މެދުވެރިކޮށް ހޯދޭނެ އެވެ.

"އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ބޭއްވުމުގެ މަގުސަދަކީ އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމާ އެކު، ވާދަވެރި މާޙައުލެއްގައި ކުޅުމުގެ ފުރުޞަތު ޒުވާނުންނަށް ހޯދައި ދިނުން ކަމަށް ކައުންސިލުން ބުނެ އެވެ.

ދެހާސް ނަވާރާ އިން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަނަކީ ހިތަދޫގެ މައިލޯ ސިޓީ ސްޕޯޓްސް ކުލަބެވެ. އެ މުބާރާތުގެ މައި ސްޕޮންސަރަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އެވެ.