ސައިކަލެއް ވަގަސް ނެގި އައްޑޫ މީހަކު ދޮޅު އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ކުރިން ވެސް ސައިކަލު ވަގަށް ނެގުމުގެ ރެކޯޑް އޮންނަ އެ މީހަކީ ހިތަދޫ ތޫނުފިލިގޭ މުހައްމަދު ޝަފީއު އެވެ. އޭނަގެ މައްޗަށް ދޮޅު އަހަރުގެ ޖަލު ހުކުމެއް އިއްވީ މި އަހަރުގެ ޖުލައި މަހު، ސައިކަލެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން ކުރު ދައުވާ ސާބިތުވެގެންމެވެ
ޖުލައި މަހުގެ ތެރޭގައި ޝަފީއު މައްޗަށް އުފުލީ، އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ފޯރުވުމުގެ ކުށުގެ ދައުވާ އެވެ. މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ސައިކަލް ވަގަށް ނަގާފައ ވަނީ މާލޭގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް ބިޒްނަސް ސެންޓަރު ކައިރިން ޖުލައި މަހުގެ 23 ގަ އެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ޝަފީއުގެ މައްޗަށް އިއްވީ އެއް އަހަރާއި ހަ މަހާއި ހަތް ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު ބަންދުގައި އޭނަ ހުރި މުއްދަތު އުނިކުރުމުން ތަންފީޒުކުރަން ޖެހޭ ހުކުމަކީ އެއް އަހަރާއި ހަ މަހާއި 21 ދުވަހެވެ.