ށ. ނޫމަރާ ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައި ފިއެވެ.
އެ މަޝްރޫއު ފެށީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުގެ ތެރެއިން އެންމެ ފުރަތަމަ ރަށަކަށް ނޫމަރާ އަށް ވަޑައިގެންނެވެ.
އެ ރަށު ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ހޯމްލޭންޑް މިނިސްޓަރުޢަލީ އިޙްސާނާއި ޕޮލިސް ކޮމިޝަނަރު އިސްމާޢީލް ނަވީން އާއި މަޝްރޫއުގެ ކޮންޓްރެކްޓަރު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހްގެ އިތުރުން ނޫމަރާ ރަށު ކައުންސިލްގެ ނައިބު ރައީސް އަސްލަމް ހުސެއިނެވެ.
މި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް ދިވެހި ފުލުހުންގެ ޚިދުމަތް ގާއިމު ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
ރައީސް މިއަދު ވަނީ ނޫމަރާ ކައުންސިލްގެ އާ އިމާރާތް ވެސް ހުޅުއްވައި ދެއްވައިފަ އެވެ.