ފުވައްމުލަކު ބޮނޑޮފަންނޮ ތަރައްގީ ކުރަން ބަޔަކާ ހަވާލުކޮށްފި އެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން އެ މަޝްރޫއު އިއްޔެ ހަވާލުކުރީ ތިހުނާން އިންވެސްޓްމަންޓާ އެވެ. މަޝްރޫއު 68 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެ ކުންފުންޏާ ހަވާލުކުރީ 1.3 މިލިއަން ރުފިޔާއަށެވެ.
ކައުންސިލުން ބުނީ ބޮނޑޮފަންނޮ ތަރައްގީ ކުރަނީ އެ ސިޓީގެ ރައްޔިތުންނަށް، ފައިދާ ހުރި ގޮތެއްގައި ސަރަހައްދު ބޭނުން ކުރުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން އެ ސަރަހައްދު ތަރައްގީ ކުރަނީ ދަތުރު ވެސް ދެވޭ ގޮތަށް، ތަފާތު ހަރަކާތްތައް ވެސް ހިންގޭ ގޮތަށެވެ.
އެގޮތުން ބައެއް ކުޅިވަރު ކުޅެވޭނެ އިންތިޒާމާއި ބާބަކިއު ހެދުން ފަދަ އިންތިޒާމުތައް ކުރިއަށް ގެންދެވޭނެ ވަސީލަތްތައް ބޮނޑޮފަންނޮގައި ގާއިމު ކުރާނެ އެވެ.