Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ފެނަކަ އުވާލަން ޝާޑު ގޮވާލައިފި

ކުރިންނާއި މިހާރު ވެސް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ފެނަކަ ކޯޕަރޭޝަން އުވާލަން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ގޮވާލައްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާވައި އޭނަ ވިދާޅުވބީ ފެނަކަ އެހާ ދަށު ދަރަޖައަކަށް ވެއްޓިފައި ވަނީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި އެ ކުންފުނި ހިންގާފައިވާ ނާގާބިލުކަމުގެ ސަބަބުންނާއި ހިންގާފައިވާ ކޮރަޕްޝަނުގެ ސަބަބުންނެވެ. އެހެންވެ އެ ކުންފުންޏާ އެއްކޮށް ކުރިއަށް ދެވޭނެ އެއްވެސް ގޮތެއް މިހާރު ނެތް ކަމަށާއި، ރާއްޖޭގެ ރައްޔިތުންގެ އިތުބާރެއް، ބޭރުގެ ސަޕްލިއަރުންގެ އިތުބާރެއް ވެސް ފެނަކަ އަށް މިހާރު ނެތް ކަމަށް ވިދާޅުވި އެވެ.

"މިއަދުގެ ސަރުކާރަށް ގޮވާލަން ވަގުތުން ވަގުތަށް ފެނަކަ ހުއްޓުމަކަށް ގެނައުމަށް، ސަބަބަކީ ރާއްޖޭގެ ރައްޔިތުންގެ އިތުބާރެއް ނެތް ބޭރުގެ ސަޕްލިއަރުންގެ އިތުބާރެއް ނެތް އެތަން ހިންގަން ތިބި ވެރިންގެ އިތުބާރެއް ނޫނީ މުވައްޒަފުންގެ އިތުބާރެއް ވެސް ނެތް/" މެންބަރު ޝާހިދު ވިދާޅު ވިއެވެ.

ފެނަކަ އަކީ ކަރަންޓާއި ފެނާއި ނަރުދަމާ އަށް ހާއްސަ ކުންފުންޏެކެވެ.

ޝާޑު ވިދާޅުވީ ފެނަކަ އޮތް ހާލަތުގެ ސަބަބުން އެ ކުންފުންޏަށް އޮތް އިހުތިރާމާއި ލޯތްބާއި ޤަދަރާއި ޢިއްޒަތް އަދި މަސައްކަތް ކުރުމުގެ ރޫހު ގެއްލިފައިވާ ކަމަށެވެ.

ފެނަކަ އަށް އިތުބާރު ގެއްލުނީ ކުންފުނިން ކުރިން ހިންގާފައިވާ ވައްކަންތަކާ ހެދި ކަމަށެވެ.

އަދި މި ފަހުން ނެފުނު އެ ކުންފުނީގެ އޮޑިޓް ރިޕޯޓަށް ރިއާޔަތް ނުކޮށް ހަމައެކަނި، އާންމުކޮށް ދެކެވޭ ވާހަކަތަކުން ވެސް މިކަން ހާމަވާ ކަމަށް ވިދާޅުވި އެވެ.