Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

'އޮޅު ހިޔާ' އަށް ބުޅާ ކާނާ ހޯދަނީ

"އޮޅު ހިޔާ" ގައި ބުޅާތަކެއް. ފޮޓޯ/ މިނިސްޓްރީ

ހުޅުމާލޭގައި ހުންނަ "އޮޅު ހިޔާ" ގައި ގެންގުޅޭ ބުޅާތަކަށް ބޭނުންވާ ކާނާ ސަޕްލައިކޮށް ދޭނެ ބަޔަކު ހޯދަން ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެތަނުން ބުނީ ކެޑް ފުޑްގެ އިތުރުން ކެޓް ލިޓާ ފޯރުކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަ،ލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 22 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މިކަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަން އަންނަ ބުރާސްފަތި ދުވަހު މެންދުރު ފަހު 1:00 ގައި މިނިސްތްރީގެ ސްޓާ ކްލައުޑްސް ބިލްޑިންގުގެ ވަނަ ފަންގިފިލާގައޮ އޮންނާނެ އެވެ.

"އޮޅު ހިޔާ" ގެ ބުޅާތަކަށް ބޭނުންވާ ކާނާ ސަޕްލައިކޮށް ދޭނެ ބަޔަކު ހޯދަން ހުޅުވައިލި އިރު، އެ ފެސިލިޓީގައ ބުޅާތައް މަރުވާ މައްސަލަ ދާދި ފަހުން ފެންމަތިވެފައިވެ އެވެ. އެގޮތުން ބައްޔެއް ފެތުރި ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި 50 އަށް ވުރެ ގިނަ ބުޅާ މަރުވެފައިވާ ކަމަށް ބައއް ޖަމިއްޔާތަކުން ބުނެފައިވެ އެވެ.

"އޮޅު ހިޔާ" އަށް ބުޅާތައް ގެންދަން ފެށީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

އެތަނަކީ މާލޭގެ މަގުތައްމަތީގައި ބުޅާތައް ގިނަވެ، އެކަމުގެ ސަބަބުން ތަފާތު މައްސަލަތައް ދިމާވަމުންދާތީ އެކަށޭނެ ހައްކެއް ހޯދަން ހެދި ތަނެކެވެ.