Last Updated: July 3, 19:06
Friday, July 3, 2026
ޚަބަރު

ކަނޑިތީމުގައި 20 އެނދުގެ ސިއްޚީ މަރުކަޒެއް އަޅަނީ

ކަނޑިތީމުގެ ސިއްޙީ ޚިދުމަތް ފުޅާކުރުމަށް ސިއްޙީ މަރުކަޒަށް ދެ ފަންގިފިލާގެ އިމާރާތެއް އިތުރުކުރުމަށް މިމަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރެވޭނެކަމަށް ރައޯސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ކަނޑިތީމުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ އެރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަން ނިންމަވާފައިވާ ކަންކަން ހިއްސާކުރައްވާފަ އެވެ.

"ދިހަ ވޯޑް އާއި ޕްރައިވެޓް ރޫމްތައް ހުންނާނެ. ޖުމުލަ 20 އެނދާއެކު އެ އިމާރާތް ތަރައްޤީކުރާނީ. މި މަޝްރޫޢު މިމަހުގެ ތެރޭ ބަޔަކާ ހަވާލުކޮށް މިއަހަރުގެ ތެރޭގައި މަސައްކަތް ފަށާނެ" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ މި ނިންމެވުމާއެކު ސަރަޙައްދީ ވިސްނުންފުޅެއްގައި ކަނޑިތީމުގެ ޞިއްޙީ މަރުކަޒު ތަރައްޤީކުރެއްވުމަށް އެ މަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދު ޙަޤީޤަތަކަށް ހެއްދެވުމަށް، އިތުރު ބާރަކަށް ވެގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިޚާބުގައި ކަނޑިތީމު ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތްވާ ގޮތުގެ މަތީން، މި ދަތުރުފުޅުގައި ހިމެނިގެން ކަނޑިތީމުގައި ވަނީ، ބޭންކް އޮފް މޯލްޑިވްސްގެ ކަނޑިތީމު ބްރާންޗުގެ ބިންގާ އަޅުއްވައިދެއްވާފައެވެ. މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ބޭންކް އޮފް މޯލްޑިވްސްގެ ކަނޑިތީމު ބްރާންޗުގެ މަސައްކަތް އަންނަ އަހަރުގެ މާރިޗު މަހާ ހަމައަށް ނިމޭނޭ ކަމަށް ވިދާޅުވެފައެވެ.