Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

2026 ނިމޭ އިރު ޓެސްޓް ނެހެދޭ ރަށެއް ނޯންނާނެ

ހެލްތު މިނިސްޓްރީގެ މިންގަނޑުތަކާ އެއްގޮތަށް، އެ ރަށެއްގެ ނިސްބަތުން، އެރަށެއްގައި ހަދަން ޖެހޭ ލެބޯޓަރީ ޓެސްޓުތައް ނުހެދޭނެ އެއްވެސް ރަށެއް، އަންނަ އަހަރު ނިމޭއިރު، ރާއްޖޭގެ އެއްވެސް ހިސާބެއްގައި ނޯންނާނެކަމުގެ ޔަޤީންކަން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފި އެވެ.

އެ މަނިކުފާނު މިއަދު ށ. އަތޮޅަށް ފެެއްޓެވި ދަތުރުގެ ތެރެއިން ނޫމަރާގައި ވިދާޅުވީ ޞިއްޙީ ދާއިރާއަކީ އެންމެ އިސްކަން ދެއްވައިގެން ތަރައްޤީކުރައްވާ އެއް ދާއިރާ ކަމަށެވެ.

އެހެންވެ ރައީސް ވިދާޅުވީ، އިންސާނީ ވަސީލަތުގެ ގޮތުންނާއި އުމްރާނީ ގޮތުންވެސް ޞިއްޙީ ދާއިރާއަށް އިސްކަން ދެއްވައިގެން، މިހާރު ވެސް ކުރިއެރުންތައް ހޯއްދަވައި ދެއްވަމުން ގެންދަވާކަމުގައެވެ. އެގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި، 2 އަހަރު ދުވަހުގެ ތެރޭގައި ޞިއްޙީ ލެބޯޓްރީތައް ގާއިމުކޮށް ނިންމެވުމުގެ އަމާޒާ އެއްގޮތަށް، ނޫމަރާގައި ވެސް ލެބޯޓްރީ ތަރައްޤީކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.