Last Updated: June 6, 20:36
Saturday, June 6, 2026
ޚަބަރު

އައްޑޫގައި ބެޑްމިންޓަން އަމްޕަޔާ ކޯސް ފަށައިފި

ސްޕޯޓްސް މިނިސްޓްރީ އާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ބެޑްމިންޓަން އަމްޕަރުން ނުވަތަ ރެފްރީން ތަމްރީނު ކުރަން ކުރިއަށް ގެންދަން ނިންމި ކޯސް ފަށައިފި އެވެ.

މި ކޯސް ފެށުމަށް ކައުންސިލް އިދާރާގައި ބޭއްވި ހަފުލާ ޝަރަފުވެރިކޮށް ދެއްވީ މޭޔަރު އަލި ނިޒާރެވެ. އެ ހަފުލާގައި މިނިސްޓްރީގެ އިސް ބޭފުޅުންތަކެއް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ބެޑްމިންޓަން އަމްޕަރުން ތަމްރީނު ކުރުމުގެ ކޯހުގައި ދެ ޖިންސްގެ 13 މީހަކު ބައިވެރިވެ އެވެ. މި ކޯސް ކުރިއަށް ދާނީ މި މަހުގެ 20 އާ ހަމައަށެވެ.

ބެޑްމިންޓަން އަމްޕަޔަރުން އައްޑޫގައި ތަމްރީނު ކުރަން ފެށި އިރު، ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވަން ނިންމާފައިވާ "އައްޑޫ ބެޑްމިންޓަން ފިއެސްޓާ" މި މަހުގެ 16 ގައި ފަށާނެ އެވެ. އެ މުބާރާތް މި މަހުގެ 26 އާ ހަމައަށް ކުރިއަށް ދާނެ އެވެ.