Last Updated: July 3, 18:27
Friday, July 3, 2026
ޚަބަރު

ބިލަތްފަހީ އެއާޕޯޓުގެ މަސައްކަތް އެމްއޭސީއެލަށް

ށ. ބިލެތްފަހީގަައި އަޅަން ނިންމާފައިވާ އެއާޕޯޓުގެ އަމަލީ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށް، އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއު އެމްއޭސީއެލްއާ ހަވާލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރު ބިލެތްފައްސަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ބިލެތްފަހީ އެއާޕޯޓު އެޅުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުޝާމް އަލީއެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ.

އެއާޕޯޓު ތަރައްގީ ކުރުމުގެ އިތުރުން، އެއާޕޯޓު އޮޕަރޭޓްކޮށް، ހިންގާނީ ވެސް އެމްއޭސީއެލް އިންނެވެ.

ކުރީ ސަރުކާރުން ބިލެތްފަހީގައި އެއާޕޯޓު އެޅުމަށް 654 މިލިއަން ރުފިޔާގެ މަޝްރޫއެއް ދަށުން، 56.34 ހެކްޓަރުގެ ބިން ހިއްކަން ބަޔަކާ ހަވާލުކުރި ނަމަވެސް ވެރިކަން ނިމުނުއިރު ވެސް އެކަމުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެ އެވެ.

ބިލެތްފަހީ އެއާޕޯޓު ނިންމައިދޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ދެއްވާފަ އެވެ.