Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ޓެކްސް ޓްރައިބިއުނަލަށް 2 މެންބަރަކު އައްޔަންކޮށްފި

ޓެކްސް އެޕީލް ޓްރައިބިއުލަށް ރައީސް ޑރ، މުޙައްމަދު މުޢިއްޒު ދެ މެންބަރުން ޢައްޔަންކުރައްވައިފި އެވެ.

މެންބަރު ކަމަށް އިއްޔެ އައްޔަންކޮށްފައި ވަނީ ބ. ތުޅާދޫ، ގުލްބަހާރުގޭ އިބްރާހީމް ޢަފީފާއި ޓްރައިބިއުނަލްގައި ޤާނޫނީ ދާއިރާ ތަމްޞީލް ކުރައްވާ މެންބަރުކަމަށް ދ. މީދޫ، އަކިރިވިލާ ޝަވްފާ އިބްރާހީމެވެ.

އެ ދެ ބޭފުޅުން މެންބަރު ކަމަށް އައްޔަންކުރީ ރައްޔިތުންގެ މަޖިލީހުން އެ ބޭފުޅުންނަށް ރުހުން ވެސް ދިނުމާ ގުޅިގެންނެވެ.

އަފީފާއި ޝަވްފާ ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަންކުރީ މިހާރު ހިނގާ ދައުރަށެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މި ދައުރުގެ މުއްދަތު އަންނަ މަހުގެ 28 އަށް ހަމަވާނެ އެވެ.