ތާނަ އޭއައި އަށް އައްޑޫ ބަސް ގެންނަން ނިންމާފައިވާތީ އެކަމަށް ކުރިއަށް ގެންދާ މަސައްކަތްތަށް އައްޑޫ ބަހުން ރަނގަޅަށް ވާހަކަ ދައްކަން އެނގޭ އަންހެނުން އެކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
މި ފުރުސަތު ހުޅުވައިލީ ސިނެޓެކްއާ ގުޅިގެން ވިމެން އިން ޓެކް ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓަކަށެވެ. އެގޮތުން އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، މީގައި ބައިވެރިވާ މީހުންނަށް ފީއެެއްގެ ގޮތުގައި ގަޑިއަކު 350ރ. ލިބޭނެ އެވެ.
ވިމެން އިން ޓެކް އިން ބުނީ މިއީ ހަމައެކަނި ޓެކްނޮލޮޖީގެ ތެރެއިން އަންހެނުންނަށް ހުޅުވޭ އިތުރު ފުރުސަތެއް ނޫން ކަމަށާއި މީގެ ސަބަބުން އަންހެނުން އިތުރަށް ބާރުވެރި ވެސް ވާން މަގުފަހިވާނެ ކަމަށެވެ.
އެހެންވެ މި ފުރުސަތުގެ ބޭނުން ހިފަން އެދިފައިވެ އެވެ.