Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ފޭދު އާއި ފީވަކުގެ ފިޓްނެސް ސެންޓަރުގެ ބިންގާ އަޅައިފި

ށ. ފޭދު އާއި އެ އަތޮޅު ފީވަކްގައިޮ ހަދަން ނިންމާފައިވާ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފި އެވެ.

އެ ދެ ރަށުގެ މި މަޝްރޫއުތަކުގެ ބިންގާ މިއަދު އެޅީ ށ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ. ފޭދު އާއި ފީވަކްގެ ފިޓްނެސް ސެންޓަރުގެ ކޮންޓްރެކްޓަރަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ.

އެ ދެ ރަށުގެ ސެންޓަރުގެ ބިންގާ އަޅުއްވައި ދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.