Last Updated: June 6, 20:36
Saturday, June 6, 2026
ޚަބަރު

ރައީސް ހިންގާ މުޑުދާރު ކަންކަމަށް ޖަވާބުދާރީވާން ޖެހޭނެ

ދޮގުތައް ހައްދަވައި ހިންގާ މުޑުދާރު ކަންކަމަށް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ޖަވާބުދާރީވާން ޖެހޭ ދުވަހެއް އަންނާނެ ކަމަށް ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވީ ނާއިންސާފުން އެކި ފަރާތްތަކަށް ބިރު ދައްކައި، އަނިޔާ ކުރަމުން މިއަދު ތިހިންގަވާ މުޑުދާރު ކަންކަމަށް ޖަވާބުދާރީ ވާންޖެހޭނެކަމީ ޔަޤީން ކަމެއް ކަމަށެވެ.

"ރައީސް ޑރ. މުއިއްޒުގެ ވެރިކަން ނިމުމުން ރައީސް މުއިއްޒު އާ އެކު ރައްޔިތުންގެ ފައިސާއިން ވައްކަންކޮށް ޤައުމަށް ޤައްދާރުވެ ހިޔާނާތްތެރިވީ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއި، މިނިވަން މުއައްސަސާތަކުގެ ވެރިން އަާ މިހުރިހާ ފަރާތްތަކެއް އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރެވިގެންދާނެކަން ދަންނަން ވާނެ." އައްބާސް ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ އެ ދުވަސް ނާންނާނެ ކަމަށް ހިތުން ޤަބޫލުކޮށްގެން ދައުލަތުގެ ތިން ބާރު މުށުތެރެއަށް ލައްވައިގެން އަދި މިނިވަން މުއައްސަސާތަށް އަންބޮޑިއަށް ޖެހުމަށް ފަހު ދުލައް އައިހާ ދޮގުތަކެއް ހައްދަވަމުން ގެންދަވާ ކމަަށެވެ.