Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

މޯލްޑިވިއަންގައި ފުވައްމުލަކުން ކައްދު އަށް

ފުވައްމުލައް: މި ސިޓީ އަކީ ބާރަށް ކުރިއަރަމުން އަންނަ ތަނެއް.

ފުވައްމުލަކާއި އައްޑޫ ގަމާ ދެމެދު މި މަހުގެ ފަހުކޮޅު ދަތުރުތައް ފަށަން އިއުލާންކޮށްފައި ވަނިކޮށް ފުވައްމުލަކާއި ކައްދުއާ ދެމެދު ވެސް ދަތުރުތައް ފަށަން ނިންމައިފި އެވެ.

ގައުމީ އެއާލައިނުން ބުނީ އެ ދަތުރުތައް ފަށާނީ މި މަހުގެ 26 ކަމަށާއި ކޮންމެ ދުވަހަކު ވެސް ދަތުރުތައް ބާއްވާނެ ކަމަށެވެ. އަދި އެއްކޮޅު ޓިކެޓެއްގެ އަގަކީ 888ރ. އެވެ.

ފުވައްމުލަކާއި ގަމާ ދެމެދު ދަތުރު ފަށާނީ މި މަހުގެ 30 ގަ އެވެ. އަދި އެއްކޮޅު ޓިކެޓެއްގެ އަގަކީ 676ރ. އެވެ.

މޯލްޑިވިއަނުން މިހާރު އަންނަނީ ދޭދޭ އަތޮޅުތަކުގެ މެދުގައި ދަތުރުތައް ތައާރަފު ކުރަމުންނެވެ.