ބިން ހިއްކުމަށް ހާއްސަކޮށްގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެ ކުންފުންޏެެއް އުފައްދައިފި އެވެ.
އެ ކުންފުނީގެ 100 ޕަސަންޓް ހިއްސާ އޮންނަ ގޮތަށް އުފެއްދި ކުންފުންޏަށް ކިޔަނީ "ޕެނިންސޫލާ އިންފްރާސްޓްރަކްޗާ" އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްއިން ދައްކާ ގޮތުގައި އެ ކުންފުނި އުފެއްދީ މި މަހުގެ 6 ގަ އެވެ. ޕެނިންސޫލާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އެމްއޭސީއެލްގެ ވެސް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފެވެ.
އެމްއޭސީއެލުން ބިން ހިއްކަން ހާއްސަ ކުންފުންޏެއް އުފެއްދި އިރު، އެ ކުންފުންޏާ ސަރުކާރުން މިހާރު އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އެއާޕޯޓްތައް ތަރައްގީ ކުރުމާއި ފިޓްނެސް ސެންޓަރު ފަދަ ތަންތަން ހަދަން ހަވާލު ކުރަމުންނެވެ.
އެމްސީއެލުން ބިން ހިއްކުމުގެ މަސައްކަތަށް ނުކުންނަ އިރު، ރާއްޖޭގައި މިހާތަނަށް އެފަދަ މަސައްކަތްތައް ކުރާ ހަމައެކަނި ކުންފުންޏަކީ ސަރުކާރު ހިއްސާވާ އެމްޓީސީސީ އެވެ.