Last Updated: June 5, 22:30
Saturday, June 6, 2026
ޚަބަރު

އައްޑޫ ވޯޓަށް ފޮށި ބަހައްޓާ ތަންތަން އިއުލާންކޮށްފި

އައްޑޫ ފޭދޫ ސްކޫލް.

އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ މި މަހުގެ ފަހުކޮޅު ނަގާ ވޯޓަށް ވޯޓްފޮށި ބަހައްޓާ ތަންތަން އިލެކްޝަން ކޮމިޝަން (އިސީ) އިިން މިއަދު އިއުލާންކޮށްފި އެވެ.

މި މަހުގެ 25 ގައި ނަގާ މި ވޯޓަކީ ފޭދު އާއި މީދޫ އަދި ހުޅުދޫގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ނަގާ ވޯޓެކެވެ. މި ވޯޓަށް ޖުމްލަ 18 ވޯޓްފޮށި ބަހައްޓާނެ އެވެ. އެއީ ތިން އަވަށުގެ އިތުރުން މާލެ ވެސް ހިމެނޭ ގޮތަށެވެ. އެގޮތުން ތިން އަވަށް ހިމެނޭ ގޮތަށް އައްޑޫގައި ޖުމްލަ 11 ފޮށި ބަހައްޓާ އިރު، މާލޭގައި ބަހައްޓަނީ 7 ފޮއްޓެވެ.

ވޯޓު ފޮށިތައް ބަހައްޓާ ތަންތަން:

* އައްޑޫ، ފޭދޫ-1: އައްޑޫ ސިޓީ، ފޭދޫ ސްކޫލް ހޯލުގެ ދެކުނު
* އައްޑޫ، ފޭދޫ-2: އައްޑޫ ސިޓީ، ފޭދޫ ސްކޫލް ހޯލުގެ މެދު
* އައްޑޫ، ފޭދޫ-3: އައްޑޫ ސިޓީ، ފޭދޫ ސްކޫލް ހޯލުގެ އުތުރު
* އައްޑޫ، ފޭދޫ-4: އައްޑޫ ސިޓީ، ފޭދޫ ބިލްޑިންގެ އޭ ޔޫކޭޖީ ކްލާސްރޫމް
* އައްޑޫ، ފޭދޫ 5: އައްޑޫ ސިޓީ، ފޭދޫ ބިލްޑިންގެ އޭ އެލްކޭޖީ ކްލާސްރޫމް
* އައްޑޫ، ހުޅުދޫ-1: އައްޑޫ ސިޓީ، ހުޅުދޫ ސްކޫލުގެ ހޯލް ހުޅަނގު
* އައްޑޫ، ހުޅުދޫ-2: އައްޑޫ ސިޓީ، ހުޅުދޫ ސްކޫލުގެ ހޯލް އިރުމަތި
* އައްޑޫ، ހުޅުދޫ-3: އައްޑޫ ސިޓީ، ހުޅުދޫ ސ. އަތޮޅު މަދުރަސާ ހޯލް
* އައްޑޫ، މީދޫ-1: އައްޑޫ ސިޓީ، މީދޫ އައިޔޫއެމް އައްޑޫ ސިޓީ ލާނިން ސެންޓަރު ހޯލްގެ އިރުމަތި
* އައްޑޫ މީދޫ-2: އައްޑޫ ސިޓީ، މީދޫ އައިޔޫއެމް އައްޑޫ ސިޓީ ލާނިން ސެންޓަރުގެ ކްލާސް ރޫމް 2
* އައްޑޫ، މީދޫ-3: އައްޑޫ ސިޓީ، މީދޫ އައިޔޫއެމް އައްޑޫ ސިޓީ ލާނިން ސެންޓަރު ހޯލްގެ ހުޅަނގު
* އައްޑޫ ސިޓީ، މާލެ-1: މާލެ، ކަލާފާނު ސްކޫލް ހޯލުގެ އުތުރު
* އައްޑޫ ސިޓީ، މާލެ-2: މާލެ، ކަލާފާނު ސްކޫލް ހޯލުގެ މެދު
* އައްޑޫ ސިޓީ، މާލެ-3: މާލެ، ކަލާފާނު ސްކޫލް ހޯލުގެ ދެކުނު
* އައްޑޫ ސިޓީ، މާލެ-4: މާލެ، ކަލާފާނު ސްކޫލްގެ ކްލާސް 1A
* އައްޑޫ ސިޓީ، މާލެ-5: މާލެ، ކަލާފާނު ސްކޫލް ކްލާސް 1B
* އައްޑޫ ސިޓީ، މާލެ-6: މާލެ، ކަލާފާނު ސްކޫލް ކްލާސް 10E
* އައްޑޫ ސިޓީ، މާލެ-7: މާލެ، ކަލާފާނު ސްކޫލްގެ ކްލާސް 1C

ވޯޓްލުން ކުރިއަށް ދާނީ 25 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.