Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

ލަންކާ އަށް ދަތުރުކުރުމުގެ އައު އުސޫލެއް، ސަމާލުވޭ

ފޮރިން މިނިސްޓްރީ

ސްރީލަންކާގެ އިމިގްރޭޝަން އުސޫލުތަކަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން އެ ގައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ސްރީލަންކާގެ އިމިގްރޭޝަން އުސޫލުތަކަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، މާދަމާ އިން ފެށިގެން، ލަންކާއަށް ދަތުރުކުރާ ކޮންމެ ފަސިންޖަރަކުވެސް އެޤައުމަށް އެތެރެވުމުގެ ކުރިން "އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (ETA)" އެއް ހޯދަންޖެހޭނެ ކަމަށެވެ.

މިގޮތުން ލަންކާއަށް ދަތުރުކުރާ ފަރާތްތަކުން ފުރުމުގެ 48 ގަޑިއިރާއި 24 ގަޑިއިރާ ދެމެދު، https://eta.gov.lk/slvisa މި ލިންކް މެދުވެރިކޮށް އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން ފޯމް ފުރިހަމަކުރަންޖެހެ އެވެ.

މީގެ ސަބަބުން، ލަންކާއިން ދިވެހިނަށް ވިސާ ދިނުމަށް ހަމަޖެހިފައިވާ އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.