Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

ދެ ސައިކަލު ޖެހި އެކްސިޑެންޓެއް، 11 އަހަރުގެ ކުއްޖަކަށް ފަރުވާދެނީ

މާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި 11 އަހަރުގެ ކުއްޖަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ އަމީނީމަގުގައި ހުންނަ ރެހެންދި ފުލެޓުތައް ކައިރީ ހިނގި މި އެކްސިޑެންޓުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 12:33 ހާއިރު ކަމަށެވެ.

ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި، އޭގެ ތެރެއިން ސައިކަލެއްގެ ފަހަތުގައި އިން 11 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް އަނިޔާވެފައިވާ ކަމަށާއި، އައިޖީއެމްއެޗްގައި އެ ކުއްޖާއަށް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، އެ ކުއްޖާއަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކުޑަ ކުއްޖާއިން ސައިކަލުގައި ޖެހިގެން ކަމަށެވެ.

ބާރު ސްޕީޑުގައި ދުއްވި ސައިކަލު ޓޯކޮށް، މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.