Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

ފޯކައިދޫ ކުނި މެނޭޖްކުރާ މަރުކަޒުގެ މަސައްކަތް ފަށައިފި

ށ ފޯކައިދޫގައި އަލަށް ޤާއިމުކުރާ ކުނި މެނޭޖްކުރުމާއި ވަސީލަތްތައް ބޭނުންކުރުމުގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފެށީ ށ. އަތޮޅުގެ ރައްތަކަށް ރައީސް ޑރ މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ފޯކައިދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ތިމާވެއްޓާއި ބެހޭ ވަޒީރު ތޯރިގް އިބްރާހީމް އާއި މި މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވާ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރާއި އެރަށު ކައުންސިލްގެ ރައީސްގެ އިތުރުން އެދާއިރާގެ މަޖިލިސް މެމްބަރެވެ.

މި މަސައްކަތަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ދެމެހެއްޓެނިވި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމުކުރުމަށް ވެފައިވާ ވަޢުދުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.