Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

ކޮމަންޑޫ އެއާޕޯޓުގެ މަސައްކަތް އެމްއޭސީއެލަށް

ށ. ކޮމަންޑޫ އެއާޕޯޓުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށް އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

އެ އެއާޕޯޓުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށް އަމަލީ މަސައްކަތް ފެށީ، ށ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު އެ ރަށަށް ވަޑައިގަންނެވެ.

އެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މޫސާ ޒަމީރެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފެވެ.

ކޮމަންޑޫގައި އެއާޕޯޓެއް ހެދުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.