އަންނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕަށް އިންގްލެންޑް ކޮލިފައިވެއްޖެ އެވެ.
އިންގްލެންޑް ވޯލްޑް ކަޕަށް ކޮލިފައިވީ ލެޓްވިއާގެ މައްޗަށް 5-0 ގެ ނަތީޖާއިން ކުރި ހޯދައިގެން ގްރޫޕް ކޭ ގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އިންގްލެންޑަށް ވަނީ 6 މެޗުން 18 ޕޮއިންޓް ލިބިފަ އެވެ. ދެވަނައިގައި 6 މެޗުން ލިބުނު 11 ޕޮއިންޓާއެކު އޮތީ އަލްބޭނިއާ އެވެ. މި ގްރޫޕްގައި އިންގްލެންޑަށް ބާކީ އަދި މެޗު އެބައޮތެވެ.
ލެޓްވިއާގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ވެސް އިންގްލެންޑުން ނިންމާލީ ތިން ގޯލުގެ ލީޑަކާއެކު އެވެ. އިންގްލެންޑުގެ ފުރަތަމަ ގޯލު މެޗުގެ 26 ވަނަ މިނެޓްގައި އެންތޮނީ ގޯޑަން ކާމިޔާބުކޮށްދިން އިރު، ދެވަނަ ގޯލު މެޗުގެ 44 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ހެރީ ކޭން އެވެ. އަދި ހާފް ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން އިންގްލެންޑުގެ ތިންވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ކޭން އެވެ.
އިންގްލެންޑުން މި މެޗުގައި ކާމިޔާބުކުރި ހަތަރުވަނަ ގޯލަކީ މެޗުގެ 58 ވަނަ މިނެޓްގައި ލެޓްވިއާ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މި މެޗުގައި އިންގްލެންޑުގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ 86 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައިވަނީ އެބެރެޗީ އެޒޭ އެވެ.
އިންގްލެންޑަކީ އަންނަ އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވި ޔޫރަޕްގެ ފުރަތަމަ ޓީމެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕްގައި 48 ޓީމަކުން ވާދަކުރާއިރު، ޖުމްލަ 104 މެޗު ކުޅުމަށް ހަމަޖެހިފައިވެ އެވެ. މުބާރާތުގެ މެޗުތައް 16 ސިޓީއެއްގައި ކުޅޭނެ އެވެ.
ވޯލްޑް ކަޕް ކުރިއަށްދާނީ ޖޫން 11 އިން ޖުލައި 19 އަށެވެ.