Last Updated: July 24, 06:24
Friday, July 24, 2026
ޚަބަރު

ކޮމަންޑޫގައި 30 ޓަނުގެ އައިސްޕްލާންޓެއް ހަދަނީ

ށ. ކޮމަންޑޫ އައިސް ޕްލާންޓަކާއި އައިސް ސްޓޯރޭޖް ފެސިލިޓީއެއް ހަދަން ބަޔަކާ ހަވާލުކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީން އެ ޕްރޮޖެކްޓް ހަވާލުކުރީ އެތިއޮން ޕްރައިވެޓް ލިމިޓެޑާ އެވެ. އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމެވެ. އެތިއޮންގެ ފަރާތުން ސޮއިކުރެއްވީ، އެގްޒެކެޓިވް ޑިރެކްޓަރު ކިޔާާޝަތު ޢަބްދުﷲ އެވެ.

ކޮމަންޑޫގައި ހަދަން ނިންމީ 30 ޓަނުގެ އައިސްޕްލާންޓަކާއި 50 ޓަނުގެ ސްޓޯރޭޖް ފެސިލިޓީއެކެވެ.