ބަންގްލަދޭޝްގެ ގާމަންޓް ފެކްޓްރީއެއްގައި ރޯވެ 16 މީހަކު މަރުވެއްޖެ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވެރިރަށް ޑާކާގެ މީރްޕޫރް އޭގައި ރޭ ދަންވަރު 12:00 އެހާކަށްހާ އިރު، ހިނގި މި ހާދިސާގައި ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެގެން ފަރުވާ ވެސް ދެމުން އަންނަ އިރު، މަރުވާ މީހުންގެ އަދަދު އަދިވެސް އިތުރުވުން އެކަށީގެންވާ ކަމަށް ކަމާބެހޭ އޮފިޝަލުން ވިދާޅުވި އެވެ.
ރޯވި ފެކްޓްރީ އަކީ ހަތް ބުރީގެ އިމާރާތެއްގައި ހިންފަމުން އައި ތަނެކެވެ. ފެކްޓްރީގެ ތިން ވަނަ ބުރީގައި ރޯވެ އިތުރަށް ދެވަނަ ބުރީގައި ހުރި ކެމިކަލް ރައްކާކުރާ ގުދަނެއްގައި ވެސް ރޯވެ، ބޮޑެތި ގެއްލުންތައްވެފައިވެ އެވެ.
މި ހާދިސާއާ ގުޅިގެން ފަޔާ ސާވިސްގެ އޮފިޝަލެއް ކަމަށްވާ ތަލްހާ ބިން ޖާޝިމު ވިދާޅުވީ މަރުވި ގިނަ މީހުންނަކީ ވިހަ ގޭހުގެ އަސަރުގެ ސަބަބުން މަރުވު މީހުން ކަމަށް ބެލެވޭ ކަމަށެވެ.

ބަންގްލަދޭޝްގެ ފަޔާ ސާވިސް އެންޑް ސިވިލް ޑިފެންސް ޑިޕާޓްމަންޓުން ބުނީ ރޯވި ކެމިކަލް ގުދަނަކީ ބްލީޗިން ޕައުޑަރާއި ޕްލާސްޓިކާއި ހައިޑޮރްޖެކް ޕެރޮކްސައިށް ރައްކާކޮށްފައި ހުރި ތަނެއް ކަމަށެވެ.
އިމާރާތުގައި ރޯވު އަލިފާން މިހާރު ކޮންްޓްރޯލްކޮށްފައިވާ އިރު އިމާރާތަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.