Last Updated: June 5, 22:30
Saturday, June 6, 2026
ޚަބަރު

މާއުނގޫދޫގައި ޕޮލިސް ޕޯސްޓެއް ހުޅުވައިފި

ށ. މާއުނގޫދޫގައި ޕޮލިސް ޕޯސްޓެއް ހުޅުވައިފި އެވެ.

އެތަން ހުޅުވަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީނެވެ.

މުޅި ރާއްޖެ އަށް ފުލުހުންގެ ހިދުމަތް ފުޅާކުރަން މަސައްކަތް ކުރަމުން އަންނަ އިރު، ފުލުހުންގެ ހިދުމަތް ގާއިމުވެފައި ނެތް ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް ހަދަން މިހާރު އަންނަނީ ބޮޑު މަޝްރޫއެއް ވެސް ހިންގަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ފުލުހުންގެ މަރުކަޒުޔައް ހަދަން މިހާތަނަށް ބިންގާ ވެސް އަޅާފައިވެ އެވެ.

ފުލުހުން ބުނީ މުޅި ރާއްޖެ އަށް ފުލުހުންގެ ވަސީލަތްތަކާ އެކު ހިދުމަތް ގާއިމު ކުރުމުން އަމަންއަމާންކަން ދަމަހައްޓަން ކުރާ މަސައްކަތްތައް ހަރުދަނާވެ، ކުށްތައް މަދު ކުރެވޭނެ ކަމަށެވެ.