ރަންވީރު ސިންގް އާއި ބޮބީ ޑިއޯލްގެ އިތުރުން ބަތަލާ ސްރީލީލާގެ އެކީގައި އަންނަ ޕްރޮޖެކްޓްގެ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.
މި ތިން ތަރީން އެކީގައި ފިލްމެއްގެ މަސައްކަތް ކުރަމުން އަންނަ ވާހަކަ މީޑިއާތަކުން ރިޕޯޓްކުރީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. ރިޕޯޓްތައް މިހާރު ބުނާ ގޮތުން މި ޕްރޮޖެކްޓްގެ ޝޫޓިން މި މަހުގެ ކުރީކޮޅު ވަނީ ނިންމާލައިފަ އެވެ.

ތިން ތަރިން ވަކިވަކިން ފެންނަ ޕޯސްޓަރުތަކެއް އާންމުކުރި ނަމަވެސް އަދިވެސް މިއާ ބެހޭ އެއްވެސް ތަފުސީލެއް ނެތެވެ. އެކަމަކު ޕޯސްޓަރުތަކުގައިވާ ގޮތުން މި މަހުގެ 19 ގައި މިއީ ކޯޗެއްކަން ހާމަކުރާނެ އެވެ. އެކަހަލަ އިޝާރާތެއް ދީ #އާ އެކު ބުނެފައި އޮތީ #އާގް ލަގާ ދޭ އެވެ.
ޕޯސްޓަރުތަކަށް ބަލާ އިރު، ބޮބީގެ ޕޯސްޓަރުގައި ބުނެފައި ވަނީ އޭނަ އަކީ "ޕްރޮފެސާ ވިތު ނޮއިސް" ކަމަށެވެ. އަދި ސްރީލީލާ އަލީ "އޭޖެންޓް މިރްޗީ" އެވެ. އެކަމަކު ރަންވީރުގެ ޕޯސްޓަރުގައި އޭނަ އަކީ ވެސް އޭޖެންޓެއް ކަމަށް ބުނެފައި އޮތަސް ކެރެކްޓާގެ ނަން އޮތީ ސިއްރުކޮށްފަ އެވެ.
View this post on Instagram
ސްރީލީލާ އަކީ އިންޑިއާގެ ދެކުނުގެ ފިލްމުތަކުފެ ވިދައިލި ބަތަލާއެކެވެ. އޭނަ އަންނަނީ ކާތިކް އާރިއަނާ އެކު ޑައިރެކްޓަރު އަނޫރާގް ބާސޫގެ ލޯބީގެ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.
View this post on Instagram
މަޝްހޫރު ބަތަލާ ދީޕިކާގެ ފިރިމީހާ ރަންވީރު ދެން އެންމެ އަވަހަށް ފެންނާނެ ފިލްމަކީ ޑިސެންބަރުގައި ރިލީޒް ކުރަން ހަމަޖެހިފައިވާ ޑައިރެކްޓަރު އަދިތިޔާ ދާރްގެ ސްޕައި އެކްޝަން ތުރިލާ "ދުރަންދާރު" އިންނެވެ.