Last Updated: June 8, 15:03
Monday, June 8, 2026
ދުނިޔެ

ކެންޔާގެ ކުރީގެ ބޮޑުވަޒީރު އަވަހާރަވެއްޖެ

ކެންޔާގެ ކުރީގެ ބޮޑުވަޒީރު ރައިލާ އޮޑިންގާ އަވަހާރަވެއްޖެ އެވެ.

މީޑިއާތަކުން ބުނީ އުމުރުން 80 އަހަރުގައި އޭނަ މިއަދު އަވަހާރަވީ ސިއްހީ ފަރުވާއަކަަށް އިންޑިއާގައި އުޅުއްވަނިކޮށް ކަމަށެވެ.

މީޑިއާތަކުން ބުނި ގޮތުގައި އޮޑިންގާ އަވަހާރަވީ ހެނދުނު ހިންގަވަން އުޅުއްވަނިކޮށް ވެއްޓީވަޑައިގެން ލިބިވަޑައިގަތް އަނިޔާތަކަށް ކެރަލާގެ ދެމަވަންހާ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނިކޮށް ހާޓްއެޓޭކެއް ޖެހިވަޑައިގެންނެވެ.

އޮޑިންގާ އަވަހާރަވުމާ ގުޅިގެން ކެންޔާގެ ރައީސް ވިލިއަމް ރޫޓޯ އާއިލާ އަށް ތައުޒިޔާ ވިދާޅުވެފައިވެ އެވެ. ރައީސް ސިފަކުރެއްވި ގޮތުގައި އޮޑިންގާ އަކީ "ކެންޔާގެ ޑިމޮކްރަސީގެ ބައްޕަ" އެވެ.

އޭނަ އެ ގައުމުގެ ބޮޑުވަޒީރުކަން ކުރެއްވީ އެޕްރީލް 2008-2013 އަށެވެ. އޮޑިންގާ އަކީ ކެންޔާގެ ދެވަނަ ބޮޑުވަޒީރެވެ.