Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

ފުނަދޫގައި 30 ޓަނުގެ އައިސްޕްލާންޓެއް ހުޅުވައިފި

ށ. ފުނަދޫގައި ގާއިމުކުރި 30 ޓަނުގެ އައިސްޕްލާންޓް މިރޭ ހުޅުވައިފި އެވެ.

އައިސްޕްލާންޓް ހުޅުވީ ށ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ފުނަދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި މިފްކޯގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ފުނަދޫގައި އައިސް ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން މިފްކޯއާ ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

މި މަޝްރޫޢުގެ ދަށުން ގާއިމުކޮށްފައިވަނީ ދުވާލަކު 30 ޓަނުގެ އައިސް އުފައްދާ ޕްލާންޓެކެވެ. އަދި މި އައިސް ޕްލާންޓާއެކު 50 ޓަނުގެ އައިސް ރައްކާކުރާ ސްޓޯރޭޖެއް ވެސް އަޅާފައިވެ އެވެ.

މި އައިސްޕްލާންޓް ޤާއިމުކުރުމަކީ ސަރުކާރުން މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރި މަސައްކަތެކެވެ.