Last Updated: July 3, 05:36
Friday, July 3, 2026
ޚަބަރު

ހަތް މީހުންނާއެކު ދަތުރުކުރި ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައިފި

ހަތް މީހުންނާއެކު ދަތުރުކުރި ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައިފި އެވެ.

އެމްއެންޑީއެފުން ބުނީ ބަންޑުން ޖަހާލާފައިވަނީ މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރި "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ ލޭންޑިން ކްރާފްޓެއް ކަމަށެވެ.

މި ލޭންޑިން ކްރާފްޓުގައި ހަތް މީހަކު ދަތުރުކުރަމުންދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، މިހާތަނަށް މި އުޅަނދުން ދަތުރުކުރި ހަތަރު މީހަކު ސަލާމަތްކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މިކަމާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެ އެވެ.