Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ކޮޅުވެއްޓި ހާދިސާ: އެކަކު މަރުވެފައި އޮއްވައި ފެނިއްޖެ

މާލެއިން ފުރައިގެން ކ. އެރިޔަދު އަށް ދަތުރުކުރަނިކޮށް ރޭ ބަންޑުން ޖަހާލައި ކޮޅުވެއްޠިން ގެއްލިގެން ހޯދަމުން ދިޔަ ތިން މީހުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ގެއްލުނު މީހުންގެ ތެރެއިން އެކަކު ފެނިފައިވާ އިރު، އެމީހާގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ކަނޑުގެ އަޑިން ނަގާފައިވާ ކަމަށެވެ. އެ މީހާގެ ހަށިގަނޑު ފެނިފައި ވަނީ، ހެނދުނު 8:00 ޖެހި ފަހުންނެވެ.

އެ ހާދިސާގައި ނިޔާވެފައި ވަނީ ގއ. ދާންދު އަށް ނިސްބަތްވާ އަޙުމަދު ޝިފާން، 38، އެވެ.

ގެއްލުނު ތިން މީހުންގެ ތެރެއިން އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް ވެސް މިހާރު ވެސް އަންނަނީ ކުރަމުންނެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި "އަލްމާކް ފިޔަ" ނަމަކަށް ކިޔާ 100 ފޫޓްގެ ކޮޅުވެއްޓި ބަންޑުން ޖަަހާލިއިރު އޭގައި 7 މީހުން ތިބި ކަމަށެވެ.

އެ ބަންޑުން ޖަހައިލި ސަރަހައްދުގައި ކޯސްޓްގާޑުން ހަރަކާތްރެރިވަމުން އަންނަ އިރު އުޅަނދު ވަނީ އަޑިއަށް ގޮސްފަ އެވެ.