Last Updated: July 24, 20:27
Saturday, July 25, 2026
މުނިފޫހިފިލުވުން

މެޓާ އައިއޭގެ އާ އަޑަކަށް ދީޕިކާ

ފޭސްބުކާއި އިންސްޓަގްރާމް ފަދަ އެޕްތައް ހިންގަމުން އަންނަ އެމެރިކާގެ ކުންފުނި، މެޓަގެ މެޓާ އޭއައި އެސިސްޓެންޓްގެ އާ އަޑަކަށް އިންޑިއާގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯން ހަމަޖައްސައިފި އެވެ.

މި ވާހަކަ ވީޑިއޯ ޕޯސްޓަކާ އެކު ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ.

މެޓާ އައިއޭ އަށް ދީޕިކާގެ އަޑު އޭއައި އެސިސްޓެންޓްގައި ހިމެނީ ހަ ގައުމަކަށް ހާއްސަކޮށްގެންނެވެ. އެއީ އޭނަގެ އެ ގައުމު އިންޑިއާ އިތުރުން އެމެރިކާ، ކެނެޑާ އިނގިރޭސިވިލާތް، ނިއު ޒީލެންޑް އަދި އޮސްޓްރޭލިއާ އެވެ.

މަޝްހޫރު އެކްޓަރު ރަންވީރް ސިންގްގެ އަންހެނުން ދީޕިކާ އަކީ މިހާރު އިންޑިއާގެ އެންމެ ނުފޫޒު ގަދަ އެއް ބަތަލާ އެވެ. އޭނަ އަކީ ދުނިޔޭގެ މަޝްހޫރު ބައެއް ބްރޭންޑްތަކުގެ ބްރޭންޑް އެމްބެސެޑަރެއް ވެސް މެ އެވެ.