Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ފުނަދޫ އިސްލާމީ މަރުކަޒު ހަދަން ހަވާލުކޮށްފި

ށ. ފުނަދޫ އިސްލާމީ މަރުކަޒެއް އިމާރާތް ކުރަން ހަވާލުކޮށްފި އެވެ.

އެކަމުުގެ އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން ފުނަދޫ ރައްޔިތުންނާ ބަދަލު ކިރަން ބޭއްވި ޖަލްސާގެ ތެރޭގައި އެ ރަށު އިސްލާމީ މަރުކަޒު އިމާރާތް ކުރިމިހެ އެއްބަސްވުމުުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.

އެ މަޝްރޫއު ހަވާލުކުތޮ ނޫރައްދީން އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖަރު ޒުރައިރަތު އާދަމެވެ.

މި އެއްބަސްވުމުގެ ދަށުން އިސްލާމީ މަރުކަޒު އިމާރާތުގެ މަސައްކަތް ނިމިގެންދާ އިރު އިސްލާމީ މަރުކަޒުގައި ނަމާދުކުރާ ބައިގެ އިތުރުން ކޮންފަރެންސް ހޯލަކާއި، ލައިބްރަރީއަކާއި ކުލާސްރޫމާއި، އިމާމު ރޫމަކާއި، އޮފީސް ބައެއް ހިމެނޭނެ އެވެ. މީގެ އިތުރުން ސޯލާ ހަރުކުރެވި، އޭސީ ވެސް ކުރާނެ އެވެ.

ފުނަދޫ އިސްލާމީ މަރުކަޒު ހަދަން ހަވާލުކުރި އިރު، އިއްޔެ މިލަންދޫ އަދި އަންގާރަ ދުވަހު ފޯކައިދޫ އިސްލާމީ މަރުކަޒުގެ ބިންގާ އަޅާފައިވެ އެވެ. އެ ދެ މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީ އެވެ.