މަސްތުވާތަކެތީގެ މައްސަލައެެއްގައި ތ. ތިމަރަފުށިން އަންހެނަކު ހައްޔަރުކޮށްފި އެވެ.
ހައްޔަރުކޮށްފައި ވަނީ އެ ރަށު ވިލާ، އާމިނަތު ނިސާ، 40، އެވެ.
ފުލުހުން ބުނީ އޭނަ ހައްޔަރުކުރީ ކައުންޓަ-ނާކޮޓިކްސް އިންޓެލިޖެންސާއި ތިމަރަފުށި ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މި މަހުގެ 14 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ނިސާ ބަލައިފާސްކުރަން އުޅުނު ވަގުތު އޭނަގެ ހަށިގަނޑުގެ ތެރެއިން ބިންމައްޗަށް ވެއްޓުނު އެއްޗެއް ނަގައި ދިރުވައިލާފައިވެ އެވެ. އަދި ތަކެތި ނަގައި ބެލި އިރު އެއީ މަސްތުވާތަކެތި ކަމަަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ކަމަށް ފުލުހުން ބުންޏެވެ.
މ މައްސަލައާ ގުޅިގެން ނިސާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ވަނީ 30 ދުވަސް ޖަހައިފަ އެވެ. އަދި މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.