އޮބްލޫ އެކްސްޕީރިއަންސް އާއިލާފުށި ރިސޯޓާ މޭލެއްހާ ބޭރުން ދަތުރު ކުރަނިކޮށް ރޭ ބަންޑުން ޖަހާލައ އަޑިއަށް ދިޔަ ކޮޅުވެއްޓީގެ ބައެެއް ތަކެތި އޮޔާދާތީ ސަމާލުވާން އެދިއްޖެ އެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުން ބުނީ ކ .ތުޅާގިރީގެ އިރުދެކުނުން 1.3 ނޯޓިކަލް މޭލުން ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އަށް އެ އުޅަނދުގެ ބައެއްތަކެތި އޮޔާދާތީވެ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުނަށް އިލްތިމާސްކުރާ ކަމަށެވެ.
އެގޮތުން ތަކެތި އޮޔާދާނެ ކަމަށް ލަފާ ކުރެވެނީ ތުޅާގިރީގެ އިރުމައްޗަށް ވާ ގޮތަށް ކަމަށް ބުންޏެވެ.

މާލެ އިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރި "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ކޮޅުވެއްޓި ބަންޑުން ޖަހާލި އިރު، އޭގައި 7 މީހަކ ތިއްބެވެ. އޭގެ ތެރެއިން ތިން މީހަކު ގެއްލިގެން ހޯދަމުން އަންނަ އިރު، އެކަކު މަރުވެފައި އޮއްވައި މިއަދު ފެނިފައިވެ އެވެ. އެއީ ގއ. ދާންދު އަށް ނިސްބަތްވާ އަޙުމަދު ޝިފާން، 38، އެވެ.