Last Updated: July 3, 02:38
Thursday, July 2, 2026
ޚަބަރު

މުދާ އުފުލާ ބޯޓެއް އަޑިއަށް ހިނގައްޖެ

މާލެއިން ޅ. ނައިފަރަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓު، "ނަސްރު" ބޯޓު ކާށިދޫ ކަނޑަށް އަޑިއަށް ގޮސްފި އެވެ.

ފުލުހުން ބުނީ މުދާ ބަރުކޮށްގެން، 5 މީހުންނާއެކު މާލެ އިން ފުރައިގެން ދަތުރު ކުރަމުންދިޔަ "ނަޞްރު ބޯޓު މިއަދު 13:22 އެހާކަން ހާއިރު ދިޔަވެެ އަޑިއަށް ގޮސްފައިވާ ކަމަށެވެ.

ބޯޓު އަޑިއަށް ގޮސްފައިވަނީ ކ. ކާށިދޫ އާއި ޅ. އަތޮޅާ ދެމެދުގެ ސަރަހައްދަކަށް ކަމަށާއި ބޯޓުގައި ތިބި މީހުން ކޯސްޓް ގާޑުން ސަލާމަތްކޮށްފައިވާއިރު، އޭގައި ތިބީ ދެ ދިވެހިންނާއި 3 ބިދޭސީން ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާއާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

ބޯޓު އަޑިއަށް ދިއުމުގެ ސަބަބުން ބޯޓުގައި ހުރި މުދަލާއި އެހެނިހެން ތަކެތި އޮޔާ ދާނެތީ، މި ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް މިކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.