މާލެއިން ފުރައިގެން ކ. އެރިޔަދު އަށް ދަތުރުކުރަނިކޮށް ރޭ ބަންޑުން ޖަހާލައި ކޮޅުވެއްޓިން ގެއްލިގެން ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
މި ހާދިސާގައި ތިން މީހަކު ގެއްލުނު އިތު އޭގެ ތެރެއިން އެކަކު މިއަދު ހެނދުނު ނިޔާވެފައި އޮތްވާ ވަނީ ފެނިފައެވެ. ނިޔާވެފައި އޮއްވާ ފެނިފައިވަނީ ގއ.ދާންދުއަށް ނިސްބަތްވާ އަޙުމަދު ޝިފާން، 38، އެވެ.
ގެއްލުނު އިތުރު ދެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މެންދުރު 15:45 ހާއިރު ދެވަނަ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެއީ ބިދޭސީއެކެވެ. އެ މީހާގެ ހަށިގަނޑު ނަގާފައިވަނީ ކަނޑު އަޑިންނެވެ.
ބަންޑުންޖަހާލި ކޮޅުވެއްޓީގައި ޖުމްލަ 7 މީހުން ދަތުރުކުރިއިރު، ގެއްލުނީ 3 މީހުންނެވެ. ދެ މީހުންގެ ހަށިގަނޑު މިހާރު ފެނިފައިވާއިރު ތިން ވަނަ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފާއި ފުލުހުން އަންނަނީ ކުރަމުންނެވެ. ގެއްލިގެން މިހާރު ހޯދަމުން އަންނަނީ ވެސް ބިދޭސީއެކެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ބަންޑުން ޖަހާލާފައިވަނީ "އަލްމާކް ފިޔަ" ނަމަކަށް ކިޔާ 100 ފޫޓްގެ ލޭންޑިން ކްރާފްޓެކެވެ.