Last Updated: July 3, 02:38
Thursday, July 2, 2026
ޚަބަރު

ބަލި މީހުންނަށް މަރުހަބާ ކިޔަން އިތުރު 40 މުވައްޒަފުން ހޯދަނީ

މާލޭގައި ހުންނަ ސަރުކާރުގެ ހޮސްޕިޓަލުތައް ހިމެނޭ ގޮތަށް ސިއްހީ ހިދުމަތް ދޭ ތަންތަނަށް ޒިޔާރަތްކުރާ ބަލި މީހުންނާއި އެހީތެރިންނަށް މަރުހަބާ ކިޔައި އެހީވާން އިތުރު 50 މުވައްޒަފުން ހޯދަން އައިޖީއެމްއެޗުން މިއަދު އިއުލާންކޮށްފި އެވެ.

އައިޖީއެމްއެޗުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެއީ އެ ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލާއި، ވިލިމާލެ ހޮސްޕިޓަލު, ހުޅުމާލެ ހޮސްޕިޓަލު އަދި މޯލްޑިވްސް ބްލަޑް ސާވިސްގައި މަސައްކަތް ކުރަން ނަގާ 40 މުވައްޒަފުން ކަމަށެވެ.

މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް އެ މަގާމަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފައިވާ އިރު ޝަރުތަކީ ދަށްވެގެން ގްރޭޑް 10 ނިންމާފައިވުމެވެ. މުސާރައަކީ މަހަކު 12،000ރ. އެވެ.

އެ މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިދުމަތް ހޯދަން އަންނަ މީހުންނަށް ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމާއި އަދި އެކިއެކި ފަރާތްތަކުގެ ހިޔާލު އެއްކޮށް ތަޖުރިބާތައް މޮނީޓާކުރުން ހިމެނެ އެވެ.