Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ށ. އަތޮޅަށް ޕާސްޕޯޓްގެ ހިދުމަތް

ށ. އަތޮޅުގައި ޕާސްޕޯޓްގެ ދޫކުރުމުގެ ހިދުމަތް ފަށައިފި އެވެ.

އެ އަތޮޅުގައި އެ ހިދުމަތް ދޭނީ މިލަންދޫ މެދުވެރިކޮށެވެ.

އެގޮތުން ޕާސްޕޯޓުގެ ޚިދުމަތް ފަށްޓަވައި ދެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ.

މިލަންދޫގައި ޕާސްޕޯޓްގެ ހިދުމަތް އިފުތިތާހުކުރީ އެ ރަށު ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ. އަދިޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާނެވެ.

ޕާސްޕޯޓުގެ ޚިދުމަތް ހުރިހާ އަތޮޅެއްގައި ޤާއިމްކުރުމަކީ ރައީސްގެ ވަޢުދެކެވެ.