Last Updated: July 3, 02:38
Thursday, July 2, 2026
ޚަބަރު

އައްޑޫގެ މިސްކިތަކުން ވަގަށް ނެގި ދެ ފަންކާ ހޯދައިފި

އައްޑޫގެ މިސްކިތަކުން ވަގަށް ނެގި ދެ ފަންކާ ހޯދައިފި އެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 29 އަދި މި މަހުގެ 13 ވަނަ ދުވަހު ހިތަދޫ މަސްޖިދުލް ރަހުމާން މިސްކިތުން ވަގަށް ނަގާފައިވާ ދެ ފަންކާ މިދިޔަ ހޯމަ ދުވަހު ހިތަދޫ ޕޮލިސް އިން ހޯދާފައިވާ ކަމަށެވެ.

އަދި މިދިޔަ އަންގާރަ ދުވަހު އެމްޓީސީސީ ސައިޓުން ވަގަށް ނަގާފައިވާ މޮބައިލް ފޯން ހިތަދޫ ޕޮލިސް އިން ހޯދައި ވެރި ފަރާތާއި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެއިތުރުން މިދިޔަ އަންގާރަ ދުވަހު ވަގަށް ނަގާފައިވާކަމަށް ހިތަދޫ ޕޮލިސް އަށް ރިޕޯޓް ކޮށްފައިވާ ފޯނެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.