ތިން ރަށެއްގެ ފިޓްނަސް ސެންޓަރު އަޅަން ސަރުކާރުން ފެނަކައާ ހަވާލުކޮށްފި އެވެ.
ފެނަކައާ ހަވާލުކޮށްފައިވަނީ ލ. މައިބާދޫ، ކ. ގުރައިދޫ، އަދި ޅ. ކުރެނދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްޤީކުރުމަށެވެ.
މި އެއްބަސްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ ޙުސައިން ނިޙާދު އާއި އިބްރާހިމް ރަމީޒް. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގޑިރެކްޓަރ މުޙައްމަދު އާރިފް އެވެ.
ސަރުކާރުން މީގެކުރިން ވެސް ވަނީ އެކި ރަށްތަކުގައި ފިޓްނެސް ސެންޓަރުތައް އެޅުމަށް ފެނަކައާ ހަވާލުކޮށްފަ އެވެ.